Last Updated: April 30, 20:29
Wednesday, April 30, 2025
ޚަބަރު ޕީޕީއެމް

މުންދު ފުލުހަށް ހާޒިރު ކުރަނީ

ފޮޓޯ: މިހާރު

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)އަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި މުންދުއަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރުފަހު 03:00 އަށެވެ. އެހެންނަމަވެސް އޭނާ ފުލުހަށް ހާޒިރުކުރަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ސާފެއް ނުވެ އެވެ.

އިދިކޮޅަށް ނިސްބަތްވާ އެކި ފަރާތްތައް އެކި މައްސަލަތަކުގެ ތެހުގީގަށް ފުލުހަށް ހާޒިރު ކުރަމުން އަންނަިއރު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅޭ އެކި ފަރާތްތަކުގެ މައްސަލަތައްވެސް އަންނަނީ ބަލަމުންނެވެ. އަަދި ކުރީ ސަރުކާރަށް ނިސްބަތްވާ އެކި ފަރާތްތަކުގެ މައްސަލަތައް ވެސް މީގެ ތެރެއިން އަންނަނީ ތަހުގީގުކުރަމުންނެވެ.