Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

މޮނިޓަރިންގައިވާ ރަށްތަކަށް ކެއާ ޕެކޭޖް ފޮނުވަނީ

ގއ. ދެއްވަދޫ

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުަޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގއ. ދެއްވަދޫ، ދާންދޫ އަދި ވިލިނގިލި މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، ގއ. ދެއްވަދުއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްއީއޯސީއިން ވެސް ވަނީ ފަށާފައެެވެ.

ގއ. ދެއްވަދޫއިން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްސްގެ ގޮތުގައި ހައި ރިސްކު ކެޓަގަރީގެ ގިނަ ބަޔަކު ތިބި ކަމަށް އެޗްޕީއޭއިން މައުލޫމާުތުދެ އެވެ.