Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު އެކްސިޑެންޓް

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި އެކަކު ވެންޓިލޭޓަރުގައި

ފުވައްމުލައްސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުނާޑު އަވަށު ޝިއާރާ ސައިޓް ކައިރިން ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކަށާއި 49 އަހަރުގެ ފިރިހެނަކަށެވެ.

އެ ދެމީހުނަށްވެސް އިތުރުފަރުވާދިނުމަށް މާލެ ގެނައިމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރެއިން 49 އަހަރުގެ މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

އެކްސިޓެންޑްވި ދެ ސައިކަލުވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.