Last Updated: June 4, 18:03
Thursday, June 4, 2026
ޚަބަރު ޕޮލިސް

ސީރިޔާ ހަނގުރާމައަށް ދިޔަ މީހާ ދޫކޮށްލައިފި

ފޮޓޯ: ސަން

ސީރިޔާ ހަނގުރާމައަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މިހާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކާ އެކު ސިރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި 2020 އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި 34 އަހަރުގެ ދިވެހި ފިރިހެން މީހާ، ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ނިމުހު ޑިސެމްބަރު ތިން ވަނަ ދުވަހުު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އޭނާ ދޫކޮށްލާފައި ހުރިކަމުގައި ވީނަމަވެސް ފުލުހުން އަންނަނީ މޮނިކޮން އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލަމުންކަމަށް އެ އިދާރާއިން މައުލުމާތު ދީފައިވެ އެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން، ހަނގުރާމައަކަށް ގޮސް ރާއްޖެ އެނބުރި އަންނަ މިހަކު ހައްޔަރުކުރުމަށްފަހު، ރިސްކް އެސެސްމެންޓެެއް ހެދުމަށްޓަކައި އެމީހުންނަށް ހާއްސަ ވަގުތީ މަރުކަޒެއްގައި 30 ދުވަހަށް ބަންދުކުރަން ޖެހެ އެވެ. އެގޮތުން ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރު ގާއިމު ކޮށްފައި ހުންނަނީ ހިންމަފުށީގަ އެވެ.