Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު ރައީސް ސޯލިހު

ރައީސް ސޯލިހް މިއަދު ޤައުމާ މުޚާތަބު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޤައުމާ މުޚާތަބު ކުރައްވާނެ ކަން ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދު މެންދުރު 02:00 ގައި ރައީސް ސޯލިހް ގައުމާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވާނެ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅޭގޮތުން ދެވެން ހުރި އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސް މިއަދު ގައުމާއި މުޚާތަބު ކުރައްވާއިރު، އިންޑިއާގެ އެހިތެރިކަމާއި އެކު ރާއްޖެއަށް ގެންނަ ވެކްސިންވެސް މިއަދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

https://platform.twitter.com/widgets.js