Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު އައްޑޫ ހޮސްޕިޓަލް

އައްޑޫ ހޮސްޕިޓަލްގެ ގަވާނިން ބޯޑް އެކުލަވާލައިފި

އައްޑޫ ހޮސްޕިޓަލް - ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ހޮސްޕިޓަލްގެ ގަވާނިން ބޯޑް އެކުލަވާލައިފި އެވެ.

އެގޮތުން ބޯޑު ޗެއާޕާސަންގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އަހުމަދު ޒާހިރު އެވެ.

ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަސް ނުވަތަ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނަވާ ފަރާތެއްގެ ގޮތިގައި ހަމަޖައްސާފައިވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ސާލިހެވެ. އަދި ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއްގެ ގޮތުން ޑރ. އަލީ ނާޒިމް ބޯޑްގައި ހިމެނިވަޑައިގަންނަވާއިރު ހެލްތް މިނިސްޓްރީގެ ފަރާތުން އާމިނަތު ޝާއިނާ އަބްދުﷲ ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ސަރަހައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ ފަރާތުން އާމިނަތު މުހައްމަދުދީދީ ބޯޑުގައި ހިމެނިވަޑައިގަންނަވާއިރު އާންމުންގެ ތެރެއިން އައްޔަނުކުރެވޭ މެމްބަރެއްގެ ގޮތުގައި ޒާހިދާ އިބްރާހިމް ވަނީ ބޯޑަށް އައްޔަނު ކޮށްފައެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން އަބްދުﷲ ސާދިޤު އައްޔަނުކޮށްފައިވެ އެވެ.