Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ރައީސް ސޯލިހު

އެމެރިކާއިން ތިމާވެށިގެ މުއާހަދާއާ އަލުން ގުޅުން، ރައީސްގެ މަރުހަބާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކާއި ގުޅިގެން ގައުމުތަކުން އުފައްދާފައިވާ ޕެރިސް އެގްރިމެންޓްގައި އެމެރިކާއިން އަލުން ބައިވެރިވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕެރިސް އެގްރިމެންޓްގައި އެމެރިކާއިން އަލުން ބައިވެރިވުމަކީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުުބާރެއް ކަމަށެވެ.

ރައީސް އޮބާމާގެ ވެރިކަމުގައި އެމެރިކާއިން އިސްވެ އޮވެ ޕެރިސް އެގްރިމެންޓްގެ މަސައްކަތް ފެށިއިރު، ޑޮނަލްދް ޓްރަމްޕް ވެރިކަމާއި ހަވާލުވުމަށްފަހު ވަނީ ޕެރިން އެގްރިމެންޓުން އެމެރިކާ ވަކިކުރުމަށް ނިންމާފަ އެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑަން ކުރައްވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ރައީސް ބައިޑަންއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ރާއްޖެ އާއި އެމެރިކާ އަކީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި އެ ގައުމުގެ ރިޔާސަތާ ހަވާލުވި އާ ސަރުކާރާއެކު މި ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސްގެ ޓްވީޓްގައިވެ އެވެ.