Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ކޮވިޑަށް ކުރި ހަރަދު 3 ބިލިއަނާއި ގާތަށް

ކޮވިޑު-19 އާއި ގުޅިގެން ދައުލަތުން ކުރި ހޭދަ 2.9 މިލިއަނަށް އަރައިފިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ދައުލަތުން ކޮށްފައިވާ ހަރަދު ރިޕޯޓުގައިވާ ގޮތުން މި މަހުގެ 14 ވަނަ ދުވަހު އާއި ހަމައަށް ސިއްހީ އަދި އިޖްތިމާއީ ހަރަދަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މި މައުލޫމާތަށް ބަލާ އިރު ކޮވިޑު-19 ގެ އިންކަން އެލެވެންސްގެ ގޮތުގައި 242 މިލިއަން ވަނީ ހަރަދުކޮށްފައެވެ. އަދި ކޮޑިޑު-19 ރިކަވަރީ ލޯންގެ ގޮތުގައި 585.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކޮވިޑަށް ކުރި ހޭދައަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އަށެވެ. އެންޑީއެމްއޭއަށް 868 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެެވެ.