Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ގޮވާލައްވައިފި!

ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށާއި، އަދި އެކަމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ރައީސް އޮފީހާއި އެޗްޕީއޭ ޓެގް ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައިވަނީ ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް ގޮވާލައްވާފަ އެވެ.

https://platform.twitter.com/widgets.js

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 100 މައްޗަށް އިއްޔެ ވަނީ އަރާފަ އެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޖުމުލަ 108 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން 79 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އަދި ރިސޯޓްތަކުން 23 މީހުން ޕޮޒިޓިވް ވެފައިވެ އެވެ.