Last Updated: May 3, 10:52
Saturday, May 3, 2025
ޚަބަރު

ފުވައްމުލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ހޯމް ކަރަންޓީނުގައި މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން، 25 ޖެނުއަރީ 2021 ދުވަހު ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮވިޑް-19އިގެ ރޯގާއިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބަހައްޓުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެެވެ. އަދި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ހޮސްޕިޓަލުން އެދެއެެވެ.

ހޮސްޕިޓަލުން ވަނީ އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން ފްލޫ ކްލިނިކަށް ދެއްކުމަށް އެދިފައެވެ.