Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު ހަރުކަށި ފިކުރު

ތިމަރަފުށި އޮޕަރޭޝަން: އައިސިސްއިން ކަނޑައެޅި ވެރިއެއް ހައްޔަރުކޮށްފި

އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ 34އ--

ރާއްޖޭގައި ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިސިސް)އިން ރާއްޖެއަށް ކަނޑަޅާފައި ހުރި އަމީރަކު (ވެރިއަކު) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ތިމަރަފުއްޓާއި މާލެ އަދި ކަނޑުމަތީގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ (34އ) އަކީ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ މީހެއްކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ އަމީރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާކަމާ ގުޅޭ ލިޔުމެއްވެސް މި މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ފޯނުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. 

މީގެ އިތުރުން މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، އަހްސަން މުހައްމަދު، ތ. ތިމަރަފުށީ / އަސްރަފީވިލާ، އަލީ މުނީޒު، ތ. ތިމަރަފުށި / ކެނެރީގެ، މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ، އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ 18އ
6) ޝަމާޚު ޝަރީފް، ތ. ތިމަރަފުށި / ސައިމާ، އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު އަދި އަބްދުﷲ އިމާދު، ރ. މަޑުއްވަރި / ބީޗްހައުސް އެވެ.

މި އެންމެންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އަށް ވެސް ހުށަހަޅާފަ އެވެ.