Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކައުންސިލް އިންތިހާބް

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 10 ގައި

އީސީގެ ރައީސް އަހުމަދު ޝަރީފް - ފޮޓޯ: މަޖިލިސް

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބުގެ މަސައްކަތްތައް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފަ އެވެ.

ޤާނޫނުގައި ވާގޮތުން އިންތިހާބު ބޭއްވުމަށްޓަކައި އެކުލަވާލަންޖެހޭ ގައިޑްލައިންގެ ކަންކަން އެޗްޕީއޭއިން ކުރަންޖެހެ އެވެ. އަދި އެ ގައިޑްލައިންގް ޑްރާފްޓެއް އެޗްޕީއޭއިން އީސީއަށް ހަވާލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތުލިބެ އެވެ.