Last Updated: May 19, 18:11
Sunday, May 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮޅުފުށިން 7 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މ. ކޮޅުފުށިން ސާމްޕަލް ނަގަނީ--

މ. ކޮޅުފުށިން ހަތް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން ނެގި 100 އެއްހާ ސާމްޕަލް ތެރެއިން ހަތް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ކޮޅުފުށި އާދީއްތަ ދުވަހު މޮނިޓަރިންއަށް ލާފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު މާލެ އައި މީހަކު ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.