Last Updated: May 19, 20:07
Sunday, May 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ނިލަންދޫ 30 މީހުން ކަރަންޓީން ކޮށްފި

ފ.ނިލަންދޫ - ފޮޓޯ: މައުރޫފް ހަލީލް

ހާއްސަ ހުއްދައެއްގެ ދަށުން ފ. ނިލަންދޫއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށުން ގިނަ ބަޔަކު ކަރަންޓީން ކޮށްފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ ނިލަންދޫ 30 މީހަކު އެ ރަށުގެ 10 ގެއަށްގައި ކަރަންޓީން ކޮށްފައިވާކަމަށެވެ.

ހާއްސަ ހުއްދަ އެއްގެ ދަށުން ނިލަންދޫއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހަކީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ފަރާތުން ހާއްސަ ހުއްދައެއްގެ ދަށުން އެރަށައް ސާވޭއަކަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ހަތަރު މީހަކު ވަނީ ރަށައް ގޮސްފައެވެ.