Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު ޕޮލިސް

މިސްކިތްތެރެއިން މީހަކަށް ހަމަލާދިން މީހާ ޑީޕޯޓް ކޮށްލަނީ

ފޮޓޯ: ވަން އޮންލައިން

ހުޅުމާލޭ މިސްކިތެއްގައިހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓްކޮށްލަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ޕީޖީން ނިންމީ އެ މީހާ ޑީޕޯޓްކޮށްލުމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭނާ ޑީޕޯޓް ކޮށްލުމަށް ނިންމުމާއި ގުޅިގެން އިމިގްރިޝަނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭ ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީފައިވަނީ މިމަހު 15 ވަނަ ދުވަހު އެވެ.