Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑާއި ގުޅިގެން އޭޑީކޭގެ ހިދުމަތްތަކަށް ބަދަލުގެނެސްފި

ފޮޓޯ: ސަން

ކޮވިޑް-19 އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ، ކޮވިޑް-19 ފެތުރުމުންދާ މިންވަރު އިތުރުވަމުންދާތީއާއި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމާއި ގުޅިގެން ހޮސްޕިޓަލުންދޭ ހިދުމަތްތަކަށް 30 ޖެނުއަރީ އިން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ދިނުމަށް ބަދަލުކުރުމާއި، އިލެކްޓިވް ސާޖަރީތައް މިވަގުތު މެދުކަނޑާލުމާއި، ބަލިމީހުން އެޑްމިޓްކުރުން މިވަގުތު މެދުކަނޑާލުމުގެ އިތުރުން އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން ހުއްޓާލުން ހިމެނެއެވެ.

އޭޑީކޭއިން ބުނެފައިވަނީ މި ބަދަލުތަކާއި އެކުވެސް ހޮސްޕިޓަލުގެ އެމަޖެންސީ ހިދުމަތްތަކާއި، އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށްދާނޭ ކަމަށެވެ. 

އޭޑީކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ)އިން ފަރުވާ ހޯދި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ހޮސްޕިޓަލްގެ އެޗްޑީޔޫ ވަނީ މިމަހު 25 ގައި ބަންދުކޮށްފައެވެ.