Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު އަލީ ނިޒާރު

ވެކްސިނާ ގުޅުވާ ދޮގު ވާހަކަ ދައްކާ މީހުނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު. ފޮޓޯ: ވީ ނިއުސް

ކޮވިޑް ވެކްސިނާއި ގުޅުވާ ދޮގު ވާހަކަ ދައްކާ މީހުނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ހައްލު ނުވެދާ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް އޮޅުވާލުމާއި ފިތުނަވެރި ވިސްނުމުގައި ސިޔާސީ ފައިދާއަށް ދެކެވޭ ދޮގުވާހަކަ ކަމަށެވެ.

އަދި ކޮވިޑް ވެކްސިނާއި ގުޅުވާ ދޮގުވާހަކަތައް ދައްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުއަޅާ އެކަންކަން ހުއްޓުވާންޖެހޭ ކަމަށް އަލި ނިޒާރު ވިދާޅުވިއެވެ.

ރާއްޖެއަށް ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފައިވާއިރު އިދިކޮޅުން އަންނަނީ އެ ވިކްސިނަކީ ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައި ނުވާ ވެކްސިނެއްކަމަށް ބުނެ އެކަމުގައި އަންނަނީ ފާޑުކިޔަމުންނެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.