Last Updated: May 19, 17:32
Sunday, May 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ފައިޒާ ވެކްސިން ރާއްޖެ ގެންނަނީ

ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ގެނެސްފައިވާ ވެކްސިން ޖެހުން ފެށުމަށް ބޭއްވި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިތުރު ބާވަތްތަކުގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެތެރޭގައި ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ފައިޒާ ވެކްސިންއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އިތުބާރު ލިބިފައިވާ ވެކްސިނެކެވެ.

ރާއްޖޭގައި މިއަދު ދޭންފަށާފައިވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް"އެވެ. ކޮވިޝީލްޑްގެ 100،000 ޑޯޒް ރާއްޖެއަށް ވަނީ ގެނެސްފަ އެވެ.