Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު ދިވެހި ސިފައިން

ސިފައިންނަށް ފްރަންޓްލައިން އެލަވެންސް ދޭން ފަށަނީ

ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19 ގައި ފްރަންޓްލައިންގައި މަސައްކަތްކުރި ސިފައިންނަށް ފްރަންޓްލައިން އެލަވެންސް ދޭންފެށުމުގެ މަސައްކަތް ފަށައިފިއެވެ.

ސިފައިން ނެރެމުން އަންނަ "އައްޑަނަ" މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި ފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުޞޫލުގެ ތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުން ވަނީ، އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިކޮމިޓީއަށް ލަފަޔަށް އެދުމުން ސިފައިންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަސްލަހަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދިއުމށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރު މާރިޔާ "ފަރސްޓް ރެސްޕޮންޑަރސް" ގެ ގޮތުގައި، "ފްރަންޓްލައިން" ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް އެންމެން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައިކަމަށްވެސް ވިދާޅުވެފައެވެ.