Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ 10:30 އާއި ހަމައަށް

އަތޮޅު ފިހާރަތައް ހުންނަ ސަރަހައްދަު -- ފޮޓޯ / ވީނިއުސް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަަހައްދުގައި އަޅާ ފިޔަވަޅެއްގެ ގޮތުން ފިހާރަކަތާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާތީ މިއަދުން ފެށިގެން، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

މީގެއިތުރުން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވެސް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށްކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ކަސްޓަމަރުންނަށް ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ.

މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، އެޗްޕީއޭއިން ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ބޭރުގައި އުޅުން މަނާކޮށްފައިވާއިރު ރޭގަނޑު 08:30 އިން ފެށިގެން ވެހިކަލް ދުއްވުންވަނީ މަނާކޮށްފައެވެ.