Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ސިއްޚީ ކުއްލި ހާލަތު އަނެއްކާވެސް އިތުރުކޮށްފި

ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާޓެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ރާއްޖޭގައި ފުރަތަމަ އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 2020 މާރޗް 12 ވަނަ ދުވަހުއެވެ. ކުލި ނުރައްކަލުގެ ހާލަތު އެކި ފަހަރުމަތިން އިތުރުކުރަމުން ގޮސް އެންމެ ފަހުން އިތުރުކުރި މުއްދތު ހަމަވަނީ މިއަދަށެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުނު ޤަރާރުގައި ވިދާޅުވެފައިވަނީ، ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު މާރޗް ފަސް ވަނަ ދުވަހުގެ ނިޔަލަަށް ދަމަހައްޓާކަމަށެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވެފައިވާއިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަނެއްކާވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން ރޭގަނޑު 08:30 އިން ފެށިގެން ދުއްވާ އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި، ރޭގަނޑު 11:00 ގެ ފަހުން ބޭރުގައި އުޅުންވަނީ މަނާކޮށްފައެވެ.