Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު ކޮރޯނާ ވައިރަސް

ތިނަދޫގައި ރެންޑަމް ސާމްޕަލް ނަގަންފަށައިފި

ފޮޓޯ: ޑރ. އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ތިނަދޫއިން މާލެއަށް ދަތުރުކުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން މިއަދާއި މާދަމާ ތިނަދޫގެ އެކި ހިސާބުތަކުން ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ.

ހާއްސަ ހުއްދައިގެ ދަށުން ތިނަދޫ އަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައިވެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާތީ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ހުކުރު ދުވަހުއެވެ.