Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް ޖެހި ދިވެއްސަކު ދުބާއީގައި މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ދިވެއްސަކު ދުބާއީގައި މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އަބްދުﷲ އިޔާދު އެވެ.

އޭނާ ދުބާއީ އަށް ގޮސްފައިވަނީ އަމިއްލަ ދަތުރެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހިންގެ ތެރެއިން ގިނަބަޔަކު ޗުއްޓީއަށާއި ބޭސްފަރުވާގެ ކަންކަމަށް ދުބާއީއަށް ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވާއިރު، ދުބާއީ އަށް ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޒިޔާރާތްކުރަމުންނެވެ. އަދި އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއްނެތި އިތުރުވަމުންނެވެ.