Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް - ރާއްޖެއެމްވީ

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، މިއަދު މެންދުރު 11:07 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އޮތް ކޮވިޑް ޕޭޝެންޓަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ 60 އަހަރުގެ ދިވެހި އަންހެނެއްކަމަށް ވެސް މައުލޫމާތުދީފައިވެއެވެ. މިއާއި އެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 55 ކަށް އަރާފައެވެ.