Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

"މިއުޒިކްއަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް"

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއުޒިކްއަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއުޒިކްއަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށާއި، ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެ ބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގާ މަސައްކަތެއްކަމަށެވެ.

އަދި އެކަމަކީ ދިވެހިން ނިކަމެތި ކުރަން ހިންގާ އަމަލެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ، "މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް" ހަދަން ގޮވާލާ ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ބަހުސްކޮށް ބައެއް މެންބަރު ދެއްކެވި ވާހަތަކާ ގުޅިގެން ރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އަދި މިއަދުގެ ޖަލްސާގައި ވެސް އެކަމާއި ގުޅޭގޮތުން އަންނަނީ ބަހުސްކުރަމުންނެވެ.