Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު ޕީޕީއެމް

"މަގޭ ފްލެޓް ކޮބާ" ނަމުގައި އިދިކޮޅުން މުޒާހަރާއަށް

ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، މާދަމާ އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީދު 04:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.

މާދަމާގެ އެއްވުމަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށްގެންދާ އެއްވުމެއް ކަމަށްވެސް ޕީޕީއެމްއިން މައުލޫމާތުދެއެވެ.

އިދިކޮޅުން މަގުމަތީ ހަރަކާތްތައް އިތުރުކޮށްފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމާއި ގުޅިގެން، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަދި ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި އިދިކޮޅުން އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.