Last Updated: May 7, 14:23
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

އިސްލާމީ މަރުކަޒުގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޖަހާ ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު އިސްލާމީ މަރުކަޒުގައި ފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ކޮވިޑް-19 ވެކްސިން އިސްލާމީ މަރުކަޒުގައި ދެމުން ދާނެ ކަމަށެވެ.

އެގޮތުން އުމުރުން 55 އަހަރުގެ މަތީގެ އެންމެނަށް އިސްލާމީ މަރުކަޒުގައި ވެކްސިން ދޭނެކަމަށް އެ އިދާރާއިން މައުލޫމާތުދީފައިވެއެވެ. އަދި 45 އާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް ވެސް އިސްލާމީ މަރުކަޒުން ވެކްސިން ޖެހޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އިސްލާމީ މަރުކަޒުގައި ހަވީރު 5:00 އާއި ހަމައަށް ވެކްސިން ލިބޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ 3910 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 20،161 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 16،703 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 3458 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.