Last Updated: May 7, 14:23
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑްގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ

ލ.ގަމުގައި ހަދާފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ، ރޭ 08:12 ހާއިރު އުމުރުން 78 އަހަރުގެ އަންހެނަކު އެމަޖެންސީގައި އައިޖީއެމްއެޗްއަށް ގެނެސްފައިވާކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށާއި، އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި 57 ވަނަ މީހާއެެވެ.

ރާޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިރުޝާދުދެމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެއް ދުވަހެއް އިތުރުވަމުން އަންނާތީ ފިޔަވަޅުތައް ވަނީ ހަރުކަށި ވަރުގަދަކޮށްފައެވެ.