Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް ޖެހިގެން 58 ވަނަ މީހަކު މަރުވެއްޖެ

ފޮޓޯ: މިހާރު

ރާއްޖެއިން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް އެމިޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ، ހޭނާރާ އޮތް އަންހެނެއް އިމަޖެންސީގައި ރޭ ދަންވަރު 03:17 ހާއިރު އައިޖީއެމްއެޗްއަށް ގެނެސްފައިވާކަމަށެވެ.

އަދި ރޭ ދަންވަރު 03:46 ހާއިރު އެ އަންހެން މީހަކު މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގައި މަރުވި 58 ވަނަ މީހާއެވެ. ރޭ ގެ ވަގުތެއްގައި ވެސް އައިޖީއެމްއެޗްއަށް އިމަޖެންސީގައި ގެންދިޔަ މީހަކު މަރުވެފައިވާއިރު، އެއީ ވެސް ކޮވިޑް މަރެއްކަމަށް އެޗްއީއޯސީއިން މިއަދު ވަނީ ހާމަކޮށްފައެވެ.