Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ތިނަދޫގެ މޮނިޓަރިން ހާލަތު އުވާލައިފި

ގދ. ތިނަދޫ، ފޮޓޯ: ތިނަދޫ ޕޭޖް

ގދ. ތިނަދޫގެ މޮނިޓަރިން ހާލަތުން އުވާލައިފިއެވެ.

ތިނަދޫ މޮނިޓަރިންގެ ހާލަތަށް ލައިފައިވަނީ ފެބްރުއަރީ ހަތްވަނަ ދުވަހު އެވެ.

ތިނަދޫ މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ ހިތަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އެމީހާއަކީ ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ. އެމީހާވެސް ވަނީ އޭވިއޭޝަން ކޮމާންޑުގެ ފަރާތުން ސ. ގަމުގައި ބޭއްވި ޓްރައިނިންގ އަށް ގޮސްފައެވެ.

މި މަހުގެ 3 ވަނަ ދުވަހުވެސް ތިނަދޫ މޮނިޓަރިން ހާލަތަށް ގެނެވުނެވެ. ތިނަދޫ އޭރު މޮނިޓަރިންނަށް ލީ އެރަށަށް ހާއްސަ ހުއްދައިގެ ދަށުން މާލެއިން އައި ބަޔަކު އެނބުރި މާލެ ދިއުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ހާދިސާ އާއި ގުޅިގެން ތިނަދޫން ނެގި ހުރިހާ ސާމްޕަލް ނެގެޓިވްވުމުން ފަހުން އެރަށުގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައެވެ.