Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް ޖެހިގެން ކޮއްޔަ ހަސަން މަނިކް ނިޔާވެއްޖެ

ކޮއްޔަ ހަސަން މަނިކް--

ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މައްޝޫރު ފިލްމީ ތަރި ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ނިޔާވެއްޖެއެވެ.

ކޮއްޔަ ހަސަން މަނިކް ނިޔާވެފަިއވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށްކަމަށް މައުލޫމާތުލިބެއެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި މިބަލީގައި ބަރުވި ދެވަނަ މީހާއެވެ.

މިއާއި އެކު ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށްއަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނައިރު، އިއްޔަވެސް މި ބައްޔަށް ވަނީ 127 މީހުން ޕޮޒިޓިވް ވެފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2446 ކޭސް އެވެ. މި ބަލިން 15،965 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 159 މީހަކަށެވެ.