Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ކޮރޯނާ ވައިރަސް

30 އަހަރުން މަތީ މީހުނަށް ވެކްސިން ދޭން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

އުމުރުން 30 އަހަރުން މަތީ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، މިވަގުތުން ފަށައިގެން ކޯވިޑް-19 ވެކްސިން އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ލިބޭނެ ކަމަށެވެ. އަދި 18 އާއި 30 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދޭނީ 9:00 އިން 13:00 އަށް ކަމަށެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ނުވަތަ ކުރީގެ ފްލޫ ކްލިނިކްގައި ވެކްސިން ޖަހައިދޭނީ 9:00 އިން 17:00 އާ ހަމައަށެވެ.

މާލޭގައި ހެނދުނު 9:00 އިން 17:00 އާ ހަމައަށް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭ އިން ބުނީ އިއްޔަ 5283 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 70،009 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 53،669 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 16،340 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.