Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު ޝަރުއީ ދާއިރާ

ޑރ. ޖަމީލް ނައިބު ކަމުން ވަކިކުރި މައްސަލައިގެ އަަޑުއެހުންތައް ނިންމާލައިފި

ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސްގެ މަގާމުން ދުުރުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މިއަދު އެ މައްސަލައިގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ނިންމާލުމުގެ ގޮތުން ދެފަރާތަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީކަމަށާއި، އަދި މައްސަލައިގައި ފަނޑިޔާރުން އިތުރުކަމެއް ސާފުކުރުމަށް ބޭނުންވާނަމަ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ޕީޕީއެމް މެޖޯރިޓީ މަޖިލީހުން، ޖަމީލް ނައިބު ރައީސްގެ މަޤާމުން ދުރުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޖަމީލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޖަމީލް ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ އޭނާ މަގާމުން ދުރުކޮށްފައިވަނީ އެކަމުން ދިފާއުވުމުގެ ފުރުސަތު އޭނާއަށް ނުދީ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރި ތުހުމަތެއް އަދި ކުރި ތަހުގީގެއްވެސް ނެތްކަމަށާއި، މަގާމުގެ މައްސޫލިޔަތު އަދާކުރުމަށް ނުކުޅެދިފައިވާކަމަށް ރައީސް ޔާމީންވެސް ބުނެފައި ނުވާކަމަށެވެ.