Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

25 އަހަރުން މަތީ މީހުންނަށް ވެކްސިން ދޭން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

އުމުރުން 25 އަހަރުން މަތީ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، މިވަގުތުން ފަށައިގެން ކޯވިޑް-19 ވެކްސިން އުމުރުން 25 އަހަރުން މަތީގެ އެންމެންނަށް ލިބޭނެ ކަމަށެވެ. އަދި 18 އާއި 25 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދޭނީ 9:00 އިން 13:00 އަށް ކަމަށެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ނުވަތަ ކުރީގެ ފްލޫ ކްލިނިކްގައި ވެކްސިން ޖަހައިދޭނީ 9:00 އިން 16:30 އާ ހަމައަށެވެ.

މާލޭގައި ހެނދުނު 9:00 އިން 16:30 އާ ހަމައަށް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.