Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ސިޔާސީ

ޖޫރިމަނާ ކުރުމަށްފަހު ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު އެއްވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 30 މީހުން ދޫކޮށްލާފައިވާކަމަށެވެ.

އެމީހުންގެ ތެރެއިން ތިން މީހެއް ފިޔަވާ ދެންތިބި މީހުން ދޫކޮށްލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެފައިވާތީ ޖޫރިމަނާ ކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިދިކޮޅުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ކުރިން ފުލުހުން ވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު (މޮސްޓާ) ހައްޔަރުކޮށްފައެވެ.

އަދި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުުރުން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލު ހިމެނެއެވެ.