Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 62 ކަށް!

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނި ރޭ ފަތިހު 05:06 ހާއިރު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ. އަދި ނިޔާވެފައިވަނީ 62 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއާއި އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 62 ކަށް އަރާފައެެވެ. އިއްޔަ ވެސް ރާއްޖޭގައި ކޮވިޑް ޖެހިގެން 80 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ.

ރެޔާއި ހަމައަށް ކޮވިޑް ޖެހިފައިވާ 170 މީހުނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މާލޭގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަަދުދު އުޅެނީ 100 އިން މަތީގައެވެ. އިއްޔަވެސް 118 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.