Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

121 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލުމަށް 121 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކަމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު އޮތް ގޮތުން ރިސޯޓު ތަކުގެ މުވައްޒަފުންނަށް ކައިރި ރަށްތަކަށް ވޯޓު ލުމަށް ދިއުމުގެ ހުއްދަ ނެތްކަމަށެވެ. އެހެންވެ ވޯޓު ފޮށި ބަހައްޓަން އެދޭ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ މީގެ ކުރިން ރިސޯޓު ތަކުގައި ވޯޓު ފޮށި ބަހައްޓަނީ ވަކި އަދަދަކަށް އެ ރިސޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމުންކަމަށެވެ. ނަމަވެސް މިފަހަރު އެއްވެސް ބޭސް ލައިނެއް ނެތި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ ރިސޯޓު ތަކުން އެ ރިސޯޓުގެ މުވައްޒަފުންގެ ތެރެއިން އޮފިޝަލުން ކަނޑައަޅައި އެކަން އިލެކްޝަނަށް އެންގުމުން ވޯޓު ފޮށި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު ކެންޑިޑޭޓުން މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ.