Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު ސިޔާސީ

އަނަސް އާއިއެކު ރައީސް ނަޝީދު "ދޮރުން ދޮރަށް"

ފޮޓޯ: ޓްވިޓާ/ސިމްވާރް

މާލެސީޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެޕާޓިގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސަތާރްގެ ކެމްޕެއިނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންފި އެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑިޕީން ކެމްޕެއިން ހަރަކާތްތައް ފަށައިފާވާއިރު މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް ގެންދަވަނީ މާލޭގައި ކެމްޕެއިން ހަރަކާތްތައް ހިނގަވަމުންނެވެ. އެގޮތުން ދޮރުން ދޮރަަށް ހަރަކާތްތައް ހިންގަވަމުން ގެންދަވައެވެ.

އަނަސް އާއި އެކު މިއަދު ރައީސް ނަޝީދު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އިރު ބައެއް ފަރާތްތަކުން އަންނަނީ އެއީ އެޗްޕިއޭގެ ގައިޑްލައިނާއި ހިލާފަށް ކުރަމުން އަންނަ ކަމެއްކަމަށް ބުނަމުންނެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އަނަސްގެ އިތުރުން ކުރިމަތިލައްވަނީ ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއެވެ.