Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު އައްޑޫ ހޮސްޕިޓަލް

އައްޑޫ ހޮސްޕިޓަލް ސީއީއޯގެ މުސާރަޔަށް 110،000 ރުފިޔާ

ޑރ.މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއިއޯ ޑރ. ޑރ. މުހައްމަދު ސޯލިހަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 110،000 ރުފިޔާ ލިބޭކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އަމިއްލަ ފަރާތަކުން އެ ހޮސްޕިޓަލަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށަހެޅި ފޯމެއްގެ ޖަވާބުގައި އެ ހޮސްޕިޓަލުން ބުނެފައިވަނި ސީއީއޯ ޑރ. ސޯލިހަށް ބޭސިކް ސެލެރީގެ ގޮތުގައި 50،000 ރުފިޔާ ލިބޭކަމަށެވެ.

އަދި އެކޮމޮޑޭޝަން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ އަދި އެހެނިހެން އެލަވެންސްގެ ގޮތުގައި 45،000 ރުފިޔާ ޑރ. ސޯލިހަށް ލިބިލައްވާކަން އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެެވެ.

މިއީ ރައީސުލްޖުމްހުރިއްޔާގެ މުސާރައަށްވުރެއްވެސް ބޮޑު މުސާރައެއްކަން ފާހަގަކޮށްލެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000 ރުފިޔާއެވެ.