Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު ކޮވިޑު ވެކްސިން

ކޮވިޑު ވެކްސިން ޖެހި އިތުރު މީހަކު މަރުވުމުން އެކަން ބަލަނީ

އއ. މާޅޮސް--

ވެކްސިން ޖެހި މީހަކު މަރުވުމާއި ގުޅިގެން އެކަން ބަލަމުން އަންނަކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނެފައިވަނީ މަސްދޯންޏެއްގައި ހުރި 45 އަހަރުގެ ފިރިހެނަކު ހާލަތު ގޯސްވުމާއި ގުޅިގެން ހިންމަފުށީ ހެލްތް ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާ މިއަދު ހެނދުނު 09:13 ހާއިރު ނިޔާވެފައިވާކަމަށްވެސް މައުލުމާތު ދީފައިވެއެވެ. އެމީހާއަކީ އއ. މާޅޮހަށް ނިސްބަތްވާ މީހެކެވެ.

އެޗްއިއޯސީން ބުނެފައިވަނީ އެމީހާ މިމަހާ އަކީ އިއްޔެ ވެކްސިން ޖެހި މީހެއްކަމަށެވެ.

އަދި އެމީހާ މަރުވި ސަބަބު ހޯދުމަށް އިތުރަށް ބަލަމުން އަންނަކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.