Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮވިޑު ވެކްސިން

ރޯދަ މަހު ވެކްސިން ދިނުން އޮންނާނީ ރޭގަނޑު: އެޗްއީއޯސީ

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑުން ރައްކާތެރިވުމަށްޖަހާ ވެކްސިން މިއަހަރުގެ ރަމަޟާން މަހު ޖަހާނީ ރޭގަނޑު ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޗަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އަަދި ހަމަޖެހިފައި އޮތީ ރޯދަ މަހު ވެކްސިން ދިނުން ރޭގަނޑު ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންނަމަވެސް ވެކްސިން ޖަހާނެ ވަގުތުތަކާއި ތަންތަން ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެ 7862 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 4083 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 3779 މީހުންނެވެ.

މިހާތަނަށް މާލެ ސަރަހައްދުން 95،362 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 70،313 މީހަކަށް ވެކްސިން ދީފައިވެއެވެ.

މިހާތަނަށް ޖުމުލަ 165،675 މީހުނަށް ވެކްސިން ދީފައިވާކަމަށް އެޗްއީއޯސީން މައުލޫމާތުދެއެެވެ.