Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު އައްޑޫ ކައުންސިލް

ޕޮލިސް އެކެޑެމީ މާޗް 29 ގައި ހުޅުވަން މަޝްވަރާކޮށްފި

އައްޑޫސިޓީގައި ގާއިމު ކުރާ ޕޮލިސް އެކެޑެމީ މިހިނގާ މާޗް 29 ވަނަ ދުވަހު ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާކުރިއަށް ގެންގޮސްފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރާތިޝް އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މިއަދު މޭޔަރު އަބްދުﷲ ސާދިޤާއި އެކު ޑެޕިއުޓީ ހައިކޮމިޝަނަރު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޕޮލިސް އެކެޑެމީގެ ނުނިމިހުރި މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި މިމަސައްކަތުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ޑެޕިއުޓީ ހައިކޮމިޝަނަރު ވިދާޅުވިކަމަށާއި، އަދި ޕޮލިސް އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތު މިމަހު 29 ގައި ބޭއްވޭނެކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވިކަމަށެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށްގެންދާ އިތުރު މަޝްރޫއުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް އައްޑޫސިޓީ ކައުސިލުން މައުލޫމާތުދެއެވެ.