Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ލޯކަލް ކައުންސިލް އިންތިހާބު

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވަނީ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން ކެނޑިޑޭޓުންގެ މަންދޫބުންނަށް ކުރިމަތިލުމަށް އަލުން ހުޅުވާލި ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ 15:00 އަށް ހަމަވާނެ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1414 އަށް ގުޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ.