Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ކޮވިޑު ވެކްސިން

ފުރަތަމަ ޑޯޒް ދެން ޖަހަން ފަށާނީ މާޗް 20 ގައި

ރާއްޖޭގައި ޖަހަނީ "ކޮވިޝީލްޑް" ވެކްސިން -- ފޮޓޯ: މިހާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދެން ޖަހަން ފަށާނީ މާޗް 20 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މާޗް 15 އަށް ނިންމާލާފައިވާއިރު މިހާތަނަށް 212،711 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން މާޗް 20 އިން ފެށިގެން ވެކްސިން ޖަހާނީ ވަކިބަޔަކަށެވެ.

އެފަރާތްތަކަކީ:

1- ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)

2- ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)

3- ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)

4- ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން

5- ބައްޔެއްގެ ސަބަބުން، ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

މިހާތަނަށް މާލެ ސަރަހައްދުން 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 91،081 މީހަކަށް ވެކްސިން ދީފައިވެއެވެ. މާލޭ ސަރަހައްދުގެ 8 ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، އަތޮޅުތެރޭގެ 169 ތަނަކުން ވެކްސިން ދިނުމުގެ ކަންކަން ދަނީކުރަމުންނެވެ.