Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު ޕޮލިސް

ފުލުހުންގެ 92 އިންސައްތަ މީހުނަށް ވެކްސިންދީފި

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ 92 އިންސައްތަ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދީފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފުލުހުންނާއި މަދަނީ މުވައްޒަފުން ހިމެނޭ ގޮތަށް 92 އިންސައްތަ މީހުނަސް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އިދާރާގައި ގާއިމުކޮށްފައިވާ ޑީއެންއޭ ލެބޯޓަރީއަކީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ލެބޯޓަރީއެއް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 220،768 މީހުނަށް ވަނީ ވެކްސިން ދީފައެވެ. އޭގެތެއިން 123،227 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވާ މީހުންނެވެ.