Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ޕޮލިސް

ފުލުހުންގެ އާ ޤާނޫނަށް އަމަލުކުރަން ފަށައިފި

ފޮޓޯ: މިހާރު

ފުލުހުންގެ އާ ޤާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ އާ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުވިދިއަ ގާނޫނުގެ ދަށުން މިއަދާހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން، އާ ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު" ތަސްދީގު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު އެވެ.

އާ ޤަނޫނޫނާއެކު ކުރިން ބޭނުންކުރި ފުލުހުންގެ ބައެއް ރޭންކްތައް އުވިގެންދާނެއެވެ. މިޤާނޫނާއިއެކު ފުލުހުންގެ ބޯޑެއް އެކުލަވާލަންޖެހެއެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޕޮލިސް ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުން ހިމެނެއެވެ.

މި ޤާނޫނުން ފުލުހުންގެ ހިދުމަތަކީ މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާ ބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅިފައިވެއެވެ.