Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު ކޮވިޑު-19

މީހަކު ޕޮޒިޓިވްވެ ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ ޅ. ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ، ކޮވިޑް-19ގެ ސިމްޕްޓަމްތައް ފެނުނު މީހަކު ކޮވިޑަށް ޓެސްޓްކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި، ކޭސް އިންވެސްޓިގޭޝަންއަށް އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އަދި މިހާތަނަށް ބެލިބެލުމުން މި ކޭސްއާއި ފެލިވަރުން ފެނިފައިވާ ކޮވިޑްގެ ކޭސްތަކާއި ގުޅުމެއް ނެތެވެ. ރެއާއި ހަމައަށް ފެލިވަރުން 66 ކޮވިޑް ކޭސް ފެނިފައިވެއެވެ.