Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު ކޮވިޑު-19

ތިނަދޫ މޮނީޓަރިންގެ ހާލަތު އުވާލައިފި

ވ. ތިނަދޫ--

ވ. ތިނަދޫގައި އިއުލާނުކޮށްފައި އޮތް މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.

ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރިލް 4 ވަނަ ދުވަހުއެވެ.

ވ. ތިނަދޫ މޮނީޓަރުންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރި ޕާކިސްތާނު ފަތުރުވެރިއަކު ފުރުމުގެ ކުރިން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ޕާކިސްތާނުގެ އެ ފަތުރުވެރިޔާ އާއި ރަށުގެ މީހަކު ދިމާވި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުލިބެއެވެ.

ރާއްޖޭގައި މިވަގުތު 16 ރަށެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.