Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އަމާޒަކީ މާލެ ސަރަހައްދުގައި 13000 ހައުސިން ޔުނިޓު އެޅުން: ރައީސް

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް 13000 ހައުސިން ޔުނިޓު އެޅުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ނިންމުމަށް ރޭ އއ. ރަސްދޫ ބަނދަރުގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބިންފުރި ބަރާވެ، ބަންޑުން ވެފައިވާ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކޮށް ލާމަރުކަޒީ ހައްލު ވަށާ ނުޖެއްސޭނެކަމަށެވެ.

ރައިސް ވިދާޅުވީ މާލޭގެ ހާސްކަމަށް ލުޔެއް ލިބެން އޮތީ މާލޭގައި އިތުރު ބޯހިޔާވަހިކަމުގެ ފުރުސަތު ހުޅުވިގެންކަމަށެވެ. އެގޮތުން މި އަހަރު އެކަނިވެސް 5000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

"ފެށިޔަސް ނުނިންމޭނެއޭ، ނިމުނަސް ނުލިބޭނެއޭ، ލިބުނަސް ނުވަދެވޭނެއޭ، މިއީ ހައްތަހާވެސް މިކަމުގެ ހައްސާސީ އިހުސާސް. މާލޭގެ ހާސްކަމަށް ލުޔެއް ހޯދުމުގެ ގޮތުން މިއަހަރު އެކަނި ވެސް 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނެ. އަމާޒު ހިފައިގެން މިތިބީ މި އަދަދު 13،000 ޔުނިޓަށް އިތުރު ކުރުމަށް"

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ހާސްކަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީ އަމާޒަކީ ދައުރު ނިމުމުގެ ކުރިން 13000 ހައުސިން ޔުނިޓު އެޅުން ކަމަށެވެ.