Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކައުންސިލް އިންތިހާބް

ކާމިޔާބު ނުވި ދާއިރާތަކުން ކުރަންޖެހޭ މަސައްކަތް ދެނެގަންނާނަން: ހަސަން ލަތީފް

މެމްބަރު ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

އެމްޑީޕީއަށް ކާމިޔާބު ނުވި ދާއިރާތަކުން އިތުރަށް ކުރަންޖެހޭ މަސައްކަތް ދެނެގަންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވަނީ މާލެސިޓީގެ މެޖޯރިޓީ ގެއްލި މޭޔަރުގެ މަގާމުވެސް ގެއްލިފައެވެ.

އެކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފް ވަނީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރި އެ ޕާޓީގެ ކެނޑިޑޭޓުންނަށް މަރުހަބާ ކިޔާފައެެވެ.

އަދި ވިދާޅުވެފައިވަނީ އެމްޑީޕީއަށް ކާމިޔާބު ނުވި ދާއިރާތަކައި އިތުރަށް ކުރަންޖެހޭ މަސައްކަތް ޕާޓީން ދެނެގަނެ އެ މަސައްކަތް ކުރާނެކަމަށެވެ.

އެމްޑީޕީއަށް މާލެއިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ސަބަބު ބަލާނެ ކަމަށް ޕާޓީގެ ރައިސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބުގައި މާލެއިން ވޯޓުލުމަށް ނިކުމެފައިވަނީ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެތެރެއިން މަދުބަޔެކެވެ.